އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަނުން ހުއްޓުވައި ބަލާފާސްކޮށްފައިވާކަމަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ދެ އުޅަނދު ބަލާފާސްކޮށްފައިވަނީ، ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް މި ބޯޓުތައް ދަތުރުކުރަމުން ދަނިކޮށް، އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދަކުން ރިޕޯޓްކުރުމާ ގުޅިގެންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ގޮސް، އެ އުޅަނދުތައް ހުއްޓުވައި އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ވަނީ އުޅަނދުތައް ބަލައި ފާސްކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަޙައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;