އިނގިރޭސި ސަރުކާރުން އާއްމުކުރި ފަންސާސް ސަފްހާގެ ގައިޑްލައިންގައި ބުނެފައިވާ ގޮތުން އިނގިރޭސިވިލާތުގައި ޕްރެފޮޝަނަލް އެއްވެސް ކުޅިވަރެއް އެއްވެސް ގޮތަކަށް ކުޅެވޭނީ އެންމެ އަވަހަށްވެސް ޖޫން މަހުގެ އެއްވަނަ ދުވަހުގެ ފަހުންނެވެ. ސަޕޯޓަރުން ބައިވެރިކޮށްގެންވެސް އަދި ބައިވެރި ނުކޮށްވެސް އެއްވެސް ކުޅިވަރެއް ޖޫން އެކެއްގެ ކުރިން ނުކުޅެވޭނެއެވެ.
އިނގިރޭސި ސަރުކާރުގެ މި ނިންމުން މިއައީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަނިކޮށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސިވިލާތުގެ ކްރިކެޓާއި ޓެނިހާއި އަދި އެ ނޫންވެސް ކުޅިވަރުތައްވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާޗު މަހުގެ މެދު ތެރޭ ހިސާބުން ފެށިގެން މެދު ކަނޑާލާފައެވެ.