ދެ ޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ހަތް ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސަށް ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 20 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، އެ ލަނޑު ޖެހިތާ، މިނިޓެއް ވެސް ނުހިނގަނީސް ނޯވޭ އިން ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ޖެހީ ތެލޯ އަސްގާޑް އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ޑެމްބެލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ދެވަނަ ހާފުގައި ނޯވޭއިން ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، ހާފްގެ ކުރީކޮޅު އެޓީމަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ސްޓޭރެންޑް ލާސަން ފޮނުވާލި ޕެނަލްޓީ މަތަކުރީ ފްރާންސްގެ ކީޕަރު މައިކް މެއިންޔޯން އެވެ.
ފްރާންސްގެ ކީޕަރު މައިނާން، ނޯވޭގެ ޕެނަލްޓީ ދިފާއު ކުރަނީ - ފޮޓޯ: އޭއެފްޕީ
މި މެޗުގައި ފްރާންސްގެ ހަތަރުވަނަ ގޯލު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑެސައީ ޑުއޭ އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްކުރި ބޯޅައަކުން ޑޫއޭ ބޮލުން ޖެހި ގޯލެކެވެ.
ފްރާންސް އާއި ނޯވޭގެ އިތުރުން ގުރޫޕް އައި ގައި ދެން ހިމެނޭ ސެނެގާލް ވަނީ 5-0 އިން އިރާގް ބަލި ކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;