އުރުގުއޭގެ ލެޖެންޑަރީ ގޯލްކީޕަރު ފެނާންޑޯ މުސްލެރާ އަށް ހެދުނު ބޮޑޫ ގޯހަކުން މެޗުގެ 42 ވަނަ މިނިޓުގައި ސްޕެއިންގެ ހަމައެކަނި ގޯލު ޖަހައިދިނީ އެލެކްސް ބައޭނާ އެެވެ. މިއާ ގުޅިގެން ކޯޗު މާސެލޯ ބިއެލްސާ ވަނީ ހާފް ޓައިމްގައި މުސްލެރާ ބަދަލު ކޮށްފަ އެވެ.
ފިޒިކަލް ކުޅުމެއް ދައްކަމުންދިޔަ އުރުގުއޭ އިން އެޓޭކަށް ޖެހިގެން މެޗުގެ ފަހުކޮޅުގައި ގިނަ ފުރުސަތުތަކެއް ހޯދޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ސްޕެއިންގެ ކީޕަރު، އުނާއި ސިމޯން ދިޔައީ އެ ހަމަލާތައް ހުއްޓުވަމުންނެވެ. އެ ގޮތުން، އޭރިއާބޭރުން ޑެ ލަ ކްރޫޒް ޖެހި ޝޮޓެއް އަމާޒުވީ ކީޕަރު އުނާއި ސިމޯން އަތަށެވެ.
ވޯލްޑް ކަޕުގައި އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭޕީ
މެޗުގެ 85 ވަނަ މިނިޓްގައި ސްޕެއިންގެ ފެރާން ޓޮރޭޒަށް ލިބުނު މުޅިން ހުސް ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ.
މެކްސިކޯގައި ކުޅުނު މެޗުގެ އިތުރު ވަގުތު އުރުގުއޭގެ ފޯވާޑް އޮގަސްޓިން ކެނޯބިއޯ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. އެއީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އުރުގުއޭގެ އޮގަސްޓިން ކަނޯބިއޯ ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް ޖޭގެ ދެވަނަ ހޯދާ ޓީމަކާއެވެ. މިވަގުތު އެ މަގާމުގައި އޮތީ އޮސްޓްރިއާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ، އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;