ލޯން އެއްބަސްވުމެއްގެ ދަށުން ދަށް ޑިވިޝަނަކަށް ކުޅެމުން އަންނަ އަންދްރޭގެ ބޮލަށް އަނިޔާވީ، ގޭގައި އޭނާ ޕްރެކްޓިސްކުރަނިކޮށެވެ. މާރިޗު މަހު އިޓަލީގެ ފުޓްބޯޅަ މެދު ކަނޑާލުމުން އަންދްރޭވެސް ހުރީ ގޭގައެވެ. އަދި އާއިލާއާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގޭގައި އޭނާ ކުޅެނިކޮށް ލިބުނު އަނިޔާއަކަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔައީ ހުކުރު ދުވަހުއެވެ.
އަންދްރޭވަނީ އެޓްލާންޓާގެ ސަތާރަ އަހަރުން ދަށުގެ ޓީމާއި އެކު ދެހާސް ސޯޅާވަނަ އަހަރު ސުޕަކަޕް ކާމިޔާބުކޮށްފައެވެ.