އާޖެންޓީނާ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތް ނިންމާލީ މިއަދު ހެނދުނު ޖޯޑަންނާއި ދެކޮޅަށް ނުކުމެ 3 -1 ގެ ނަތީޖާއަކުން މޮޅީވެގެންނެވެ. މިއާއި އެކު އާޖެންޓީނާ މިވަނީ މިފަހރުގެ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް ދިޔަ ތިން ޓީމުގެ ތެރޭގައި ހިމެނިފައެވެ. އަނެއް ދެ ޓީމަކީ ފްރާންސާއި މެކްސިކޯއެވެ.
ރޭގެ މެޗުގައި އާޖެންޓީނާ ޖެހި ތިންވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފަހު ހާފުގައި މެސީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެއެވެ. އެއާއި އެކު މެސީ މިވަނީ ވޯލްޑްކަޕްގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި މުޅި ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލި ޖެހި ކުޅުންތެރިޔާގެ ގޮތުން އެ އަދަދު 19 ވެސް މެސީ މިވަނީ ހަދާފައެވެ.
ރޭގެ މޮޅާއި އެކު މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ ނުކުންނާނީ އެފްރިކާ ބައްރުގެ ކުޑަކުޑަ ގައުމެއްކަމަށްވާ ކޭޕް ވާޑޭއާ ދެކޮޅަށެވެ. މި މުބާރާތުގައި ކޭޕް ވާޑޭއާ ފުރަތަމ ނުކުތީ ސްޕެއިނާއި ދެކޮޅަށެވެ. އެހެންނަމަވެސް އެ މެޗުގައި ސްޕެއިންނަށް ކޭޕް ވާޑޭއާ ގޯލު ފޫޅުއަޅުވާލިޔަ ނުދީ ހިފަހައްޓާ ސްޕެއިން ހާސްކަމުގެ ތެރެއަށް ވައްޓާލިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;