ads
ސައޫދީގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހަކު މަރުވުން
ސައޫދީގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހަކު މަރުވެއްޖެ
ސައޫދީގައި ހެލިކޮޕްޓަރެއް ވެއްޓި 14 މީހަކު މަރުވެއްޖެ އެވެ.
Advertisement

އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީން އެ ގައުމުގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި، މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ރަސް ތަނޫރާ އަށެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމާގައި އީރާނުން ބަންދުކޮށްފައިވާ ތެލުގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ހުޅަނގެވެ. 

ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމައެއް ނުކުރެ އެވެ.

"މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި 14 މީހުން ވެސް ވަނީ މަރުވެފައި. އެ އެންމެންނަކީ ވެސް ސައޫދީ ރައްޔިތުން،" އެ އެޖެންސީން ބުނެފައިވެ އެވެ.

ގަލްފް ސަރަހައްދުގައި ހުންނަ އަރަމްކޯގެ ރަސް ތަނޫރާ ޓާމިނަލްއިން، ސާފުނުކުރާ ތެޔޮ ބަރުކުރުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް މެދުކަނޑާލާފައި އޮތުމަށް ފަހު ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

ސައޫދީގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން އެގައުމުގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައި ވެއެވެ.

ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސައޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރަށާއި، ސަރުކާރަށާއި އަހުވަންތަ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެއިން ސައޫދީ އަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ތައުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ، މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެޢާއިލާތަކަށް މިކަމުން އަރައިގަތުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;