ads
ޑާކް ރެއިންގެ ޖަންނަތުގެ ޕޯސްޓަރެއް
"ޖަންނަތު"އަށް ދާ ނަންތަ، މިއަދު ފެށިގެން އޮލިމްޕަހުން ޓިކެޓް ލިބޭނެ
ޑާކް ރެއިން އެންޓާޓައިންމަންޓުން މިހާރު އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު "ޖަންނަތު" ޓިކެޓް މިއަދު ފެށިގެން އޮލިމްޕަހުން ވިއްކަން ފަށާނެކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެފި އެވެ.
Advertisement

ދިވެހި ފިލްމީ ދުނިޔޭގައި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސްކަމަށްވާ ޑާކް ރެއިން އެންޓާޓައިންމަންޓުން ގެނެސްދޭ ޖަންނަތު އޮލިމްޕަހުގެ ސްކީރިނަށް އަންނާނީ އަންނަ އޮގަސްޓްމަހުގެ 3 ވަނަ ދުވަހު އެވެ. 

ދިވެހި ސިނަމާގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ވާހަކަ އަދި ސްކްރީންޕެލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހުމަދު ތޮލާލު އެވެ. 

ޖަންނަތުގެ ލީޑްރޯލުންވެސް ފެނިގެންދަނީ ޑާކް ރެއިން އެންޓާޓައިންމަންޓްގެ ފިލްމުތަކުން ފެނިގެންދާ ކާމިޔާބު ތަރި ޝަރަފް އަބްދުﷲ. އޭނާގެ އިތުރުން ފިލްމުގެ މުހިއްމު ރޯލަކުން ތަޖުރިބާކާރު އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދެ އެވެ. މީގެއިތުރުން ޝުހާ، އާއިދާ، އަފްރާހް އަދި އަންޖީވެެސް ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ. 

މި ފިލްމު ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;