ads
ރެއިޑްއެއްގައި ހައްޔަރުކުރި ބިދޭސީންތަކެއް
ފިލައިގެން އުޅޭ 2 ހާހެއްހާ ބިދޭސީން ތިބިތަނަކުން ހޯދާ އަންނަ އަހަރު ޑީޕޯޓްކުރާނެ: އިހްސާން
އަންނަ އަހަރު ވެގެންދާނީ، ބަޔޮމެޓްރިކްސްނުދީ ފިލައިގެން އުޅޭ ބިދޭސީން ތިބިތަނަކުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށްކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވައިދަށް ފެއްތުމަށް ކުރިޔަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް 62 އިންސައްތަ ބީދޭސީން ގަވައިދަށް ވައްދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ކުރިން ވިދާޅުވެފައެވެ.  އަދި މިހާތަނަށް ޕިންގާ ޕްރިންޓް ނަގާ މައުލޫމާތު އެއްކުރި ބިދޭސީންގެ އަދަދު 206،000 އަރާފައިވާކަމަށާއި ފިންގަޕްރިންޓް ނުދީ އަދިވެސް 2،933 މީހަކު އެބަ ތިއްބިކަމަށާއި އެއީ ކޮން ބައެއްކަންވެސް ދެނެގަނެވިފައިވާކަމަށް އިހްސާން ކުރިން ވަނީ ވިދާޅުވެފައެވެ. 

ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގާއި ރޭ ވާހަކަ ދައްކަވަމުން އިހްސާން ވިދާޅުވީ ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި އަންނަ އަހަރަކީ ހާއްސަ އަހަރަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ފިލައިގެން އުޅޭ ބިދޭސީ ތިބި ތަނަކު ހޯދާ އަންނަ އަހަރު ޑީޕޯޓްކުރާނެކަމަށް އިހްސާން ވިދާޅުވިއެވެ. 

" ކުރިއަށްއޮތް އަހަރު ވެގެންދާނި ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީ ފަރާތްތަކާއި މިހާރު ބަޔޮމެޓްރިކްސްނުދީ ފިލައިގެން އުޅޭ 2 ހާހެއްހާ ބިދޭސީން ތިބިތަނަކުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށް." މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުަށް ކުރައްވާ މަސައްކަތާއި ގުޅިގެން ރަޢީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މޭ މަހު ވިދާޅުވީ މިވަގުތު ރާއްޖޭގައި ގާއިމުވެތިބެގެން މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގާ ނިމިފައިވާކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު މިއަދަދު ހުރީ ހުރީ އެންމެ 13 އިން ސައްތައިގައިކަމަށްވެސް ވަނި ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;