އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތައްޔާރުވަމުންދާ މި ފިލްމުގެ ޕޯސްޓަރު އާންމުކުރުމާއެކު، ފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އަލަށް ނެރުނު މި ޕޯސްޓަރުން ފެންނަނީ އަސަރުގަދަ އަދި އިހުސާސްތަކުން ފުރިގެންވާ މަންޒަރުތަކެކެވެ. ޕޯސްޓަރުގެ އެންމެ ކުރިން ފިލްމުގެ މައި ކެރެކްޓަރު ފެންނަން ހުރިއިރު، އޭނާގެ ވަށައިގެން ތަފާތު އެކި ދައުރުތައް އަދާކުރާ ތަރިން ފެނިގެންދެ އެވެ. މީގެ އިތުރުން، ކޯޓު ރޫމެއްގެ މަންޒަރާއި، ގާޒީގެ މަރުތޭލާއި، ގަޑި އަދި ކުޅޭ މަހެއް ހިފަހައްޓައިގެން ހުރި ކުޑަކުއްޖެއްގެ މަންޒަރުން، ހަގީގަތާއި، ވަގުތާއި، މައުސޫމްކަމާއި އިންސާފު ހޯދުމުގެ ތީމްތަކެއް މި ފިލްމުގައި ހިމެނޭކަން ރަމްޒުކޮށްދެ އެވެ.
މި ފިލްމަކީ އާއިލީ ގުޅުންތަކާއި، އިންސާފާއި، އިންސާނީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އަސަރުގަދަ ވާހަކައެކެވެ. ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތަލާލް އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ. ގިނަ އަދަދެއްގެ މޮޅު ފަންނާނުންގެ ކާސްޓެއް ފެނިގެންދާ މި ފިލްމުގެ ޕޯސްޓަރު އާންމުކުރުމާއެކު މިހާރު ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދަނީ ފިލްމުގެ ރަސްމީ ޓްރެއިލާ ބަލާލުމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;