ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފަ އެވެ.
އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ހާއްސަ އިސްކަމެއް ދީގެން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.
އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.
މުޅި ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ފަށަން ނިންމިއިރު، އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން މިހާރު ވެސް އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް 12 އަތޮޅެއްގައި ދެމުންނެވެ. އެންމެ ފަހުން މި ހިދުމަތް ފަށާފައިވަނީ ލ. އަތޮޅުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;