މި އެވޯޑަކީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، އެ ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ހިދުމަތްތެރިންނާއި، ގެސްޓްހައުސްތަކާއި، ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތައާރަފް ކުރި އެވޯޑެކެވެ. މިއީ މިހާތަނަށް މި ދާއިރާއިން ރާއްޖޭގައި ދޭ ހަމައެކަނި އެވޯޑެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ޓިއަރއަކުން ގެސްޓްހައުސްތަކަށް ދޭ އަށް އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށްދޭ އިންޑިވިޖުއަލް ތިން އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެވެ.
އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އެހެންކަމުން، އެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކުން ބޭނުންވާނެ ލިޔެކިޔުންތައް ކުރިއާލާ ތައްޔާރުކުރުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގެސްޓްހައުސްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް:
• ދިވެހިރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުން.
• މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ގެސްޓްހައުސް ހިންގުމުގެ ލައިސަންސެއް އޮތުން.
• ގާނޫނީ ގޮތުން ބޭނުންވާ ލިޔެކިޔުންތައް (ޓެކްސް ކްލިއަރެންސް ސެޓްފިކެޓް، ޕެންޝަން ގާނޫނާ އެއްގޮތަށް ފައިސާ ދައްކާކަމުގެ ލިޔުން، އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔުންތައް) ހުށަހެޅުން.
• އެޕްލިކޭޝަން ހުށަހަޅާ ތާރީޚާ ހަމައަށް، މެދުކެނޑުމެއްނެތި މަދުވެގެން 12 މަސްދުވަހު ހިންގާފައިވާ އަދި މިހާރުވެސް އޮޕަރޭޓްކުރަމުންދާ ތަނަކަށްވުން.
• ބުކިންގް.ކޮމް، އެއާބީއެންބީ، އަގޯޑާ ނުވަތަ ޓްރިޕްއެޑްވައިޒާ ފަދަ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް އޮތުން.
ވަކި ވަކި ފަރުދުންގެ އަދި ރަށްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް:
ވަކިވަކި ފަރުދުންނަށްދޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި އެފަރާތްތަކަކީ މޯލްޑިވްސް އިސްލާމިކް ބޭންކާ ނުވަތަ ކްރޯ މޯލްޑިވްސް އެޑްވައިޒަރީއާ އެއްވެސް ކަހަލަ މަސްލަހަތު ފުށުއެރުމެއް އޮތް ފަރާތްތަކަކަށް ވެގެން ނުވާނެ އެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ވާ ބުދަ ދުވަހެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;