ads
ގާސިމްގެ ގާތިލު މަރަން ހައިކޯޓުންވެސް ތާއީދު
ގާސިމްގެ ގާތިލު މަރަން ހައިކޯޓުންވެސް ތާއީދު
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމަށް, ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
Advertisement

ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް ޑިސެމްބަރު، 2019 ގައި ގާސިމްގެ ކަރަށް އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި އަދުހަމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2023 ވަނަ އަހަރު އެވެ.

ހައި ކޯޓުން މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބަނާޒް ފަހްމީ ވިދާޅުވީ ގާސިމް ހަސަން މަރާލުމުގެ ނިޔަތް އޮތް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހުރި ކަންކަން އެ ގޮތުގައި ދެމިއޮތް ކަމަށެވެ.

ގާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އެއީ ގާސިމްގެ 5 ދަރިންނެވެ. އަދުހަމް ވަނީ ކުށަށް އިއުތިރާފްވުމަށް ފަހު ފަހުން އިއުތިރާފް އަނބުރާ ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;