ads
ތިން ރައީސުން އެކުގައި ބޭއްްވި ބައްދަލުވުމުގެ ތެރެއިން
ކުރީގެ ރައީސުން މުޒާހަރާތަކަށް ދާނަމަ ސެކިއުރިޓީ ކަނޑާލަން ނިންމައިފި
ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.
Advertisement

241 ކޮމިޓީން މިގޮތަށް ފާސްކުރީ 'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކުރަން ހުށައަޅައިގެންނެވެ. 

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާނަމަ އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހު ކުރަން ހުށައެޅުއްވީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ކޮމެޓީން މި ނިންމުން ފާސްކުރީ ކޮމެޓީގައި ހިމެނޭ ޕީއެންސީގެ މެމްބަރުންގެ ތާއީދާއެކުއެވެ. މި އިސްލާހު ގެންނަން ނުފެންނަކަމަށް ވޯޓް ދެއްވީ ތިން މެމްބަރެކެވެ. އެ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރު ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)އާއި ސަރުކާރަށް ތާއީދުކުރައްވަމުން ގެންދަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމާއި އަމިއްލަ މެމްބަރު ތުޅާދޫ ދާއިރާގެ މެމްބަރު އްބްދުލްހަންނާން އަބޫބަކުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;