ads
ފުލުހުން
ކުރިޔަށް އޮތް އަހަރު މިހާރަށްވުރެ ގިނައިން ފުލުހުން މަގުމަތިން ފެންނާނެ: އިހްސާން
ކުރިޔަށް އޮތް އަހަރު މިހާރަށްވުރެ ގިނައިން ފުލުހުންގެ އޮފިސަރުން މަގުތައް މަތިން ފެންނާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ފުލުހުންގެ 93 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގާއި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މި ސަރުކާރުން ދިވެހި ފުލުހުންނަށް ދީފައިވާ ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމަންޓާއި އެއްގޮތަށް ފުލުހުންގެ މުއައްސަސާގެ ސަފުތައް މިހާރުވަނީ ރުކުރުވާލެވިފައިކަމަށެވެ. އެގޮތުން އަންނަ އަހަރުވެގެންދާނީ ބައެް ދާއިރާތަކުން ފުލުހުންގެ މަސައްކަތް އިތުރުވެ ފުލުހުންގެ ހިދުމަތުގެ ރަން އަހަރަކަށްކަމަށް އިހްސާން ވިދާޅުވިއެވެ. 

އެގޮތުން ކުރިއަށްއޮތް އަހަރު ވެގެންދާނީ މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެ ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރު ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށްކަމަށް އިހްސާން ވިދަޅުވިއެވެ. އަދި ގޭންގު ހަދައިގެން ރަށުތެރޭގެ އަމަން ނަގާލަމުން އައި އައުން މިހާރު ވަނީ ބޮޑުތަނުން ކޮންޓްރޯލްކުރެވިފައި ކަމަށާއި ކުރިއަށް އޮތް އަހަރު ވާނީ ކުށުގެ މާހައުލުގައި ހަރަކާތްތެރިވަމުން އައި މިފަދަ ކުދިން ފުލުހުންގެ މަސައްކަރުން މުޖުތަމައަށް ނެރޭ އަހަރަކަށްކަމަށްވެސް އިހްސާން ވިދާޅުވިއެވެ. އަދި އަންނަ އަހަރު މަގުމަތިން ފެންނަ ފުލުހުންގެ އޮފިސަރުންގެ އަދަދު އިތުވެގެންދާނެކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ. 

" ކުރިއަށްއޮތް އަހަރުވެގެންދާނި އަމަން ބެލެހެއްޓުމަށް ޓެކްނޯލޮޖީއާއި އެކު ފުލުހުންގެ އޮފިސަރުންވެސް މިހާރަށްވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ ފުލުހުންގެ ޚިދުމަތުގެ އިތުރު ރަން އަހަރަކަށް." އިހްސާން ވިދާޅުވިއެވެ.

your imageމިނިސްޓަރު އިހްސާން

މީގެއިތުރުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމާޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިން އިކުއިޕްމަންޓާއި، އެހީއަށް އެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;