ads
މެޗުގައި ސްވިޑަން ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކީލިއަން އެމްބާޕޭ
އެމްބާޕޭގެ ދެ ލަނޑާއެކު ސްވިޑެން ބަލިކޮށް، ފްރާންސް ގަދަ 16 އަށް
ސްވިޑެންގެ މައްޗަށް ފްރާންސް ކުރި ހޯދީ 3-0 ން
އެމްބާޕޭގެ ދެ ގޯލާއެކު 3-0 ން ސްވިޑެން ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ފްރާންސް ދަތުރުކޮށްފިއެވެ.
Advertisement

ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގެ މެޗުގައި ރޭ ފްރާންސް ފުރަތަމަ ހާފު ނިންމާލީ ހާފުގެ ފަހު މިނިޓުގައި އުސްމާން ޑެމްބެލޭ ދިން ބޯޅައެއް ހިފައިގެން ކުރިއަށް ޖެހިލައި ކިލިއަން އެމްބާޕޭ ޖަހައިދިން ގޯލުންނެވެ.

ފްރާންސްގެ ދެވަނަ ލަނޑަކީ ދެ ވަނަ ހާފްފެށިގެން އަށްވަނަ މިނެޓުގައި އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރެޑްލީ ބާކޯލާ ކާމިޔާބުކުރި ލަނޑެކެވެ. އާސެނަލްގެ ޝައުގުވެރިކަން ހުއްޓިފައިވާ ކަމަށް އަޑުފެތުރިފައިވާ ބާކޯލާ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ފްރާންސްގެ ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ފްރާންސްގެ މޮޅު ކަށަވަރުކޮށްދީފަ އެވެ. އެމްބާޕޭ މި ވަނީ މި މުބާރާތުގައި މިހާތަނަށް ޖުމްލަ ހަ ލަނޑު ހަމަކޮށް އާޖެންޓީނާގެ ލިއޮނެލް މެސީއާ އެއްވަރު ކޮށްފަ އެވެ.

އޭގެ ފަހުން، މެޗުގައި ލަނޑެއް ޖަހަން ސްވިޑެންގެ ވިކްޓަ ޔޯކެރޭޝަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ފްރާންސްގެ އޭރިއާތެރެއިން ޔޯކެރޭޝް ޖެހި ބޯޅަ ފްރާންސް ކީޕަރު މައިންނޯން ވަނީ މަތަކޮށްފަ އެވެ.  

your imageފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ފްރާންސް އާއި ސްވިޑެން ކުޅުނު މެޗުގެ ތެރެއިން: އޮލީސޭ އޯވަހެޑް ކިކަކުން ބޯޅަ ފޮނުވާލަނީ.


ނިއު ޖާޒީގެ ގަދަ ހޫނުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ފްރާންސްގެ ފޯވާޑް، ޖިއަން ފިލީޕް މަޓޭޓާ އަށް އޭރިއާތެރެއިން ގޯލަށް ފޮނުވާލަން ލިިބުނު ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

މި މޮޅާއެކު ފްރާންސް ދެން ބައްދަލުކުރާނީ ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކުރި ޕެރަގުއޭއާ އެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ފިލަޑެލްފިއާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;