ބާސެލޯނާ އަށް ވެސް މީގެކުރިން ކޯޗުކަން ކޮށްދިން ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެ ނެދަލޭންޑްސް އިން ވަނީ 2019 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ރަނަރަޕްކަން އަދި 2024 ގެ ޔޫރޯގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ.
2026 ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުން ނެދަލޭންޑްސް ކެޓީ ޕެނަލްޓީގައި މޮރޮކޯ އަތުން ބަލިވުމުންނެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ކޫމަން ބުނެފައިވަނީ، ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ވަކިވުމަށް ރޭގެ ވަގުތެއްގައި ނިންމާފައިވާ ކަމަށެވެ.
ކޫމަން ބުނީ، ކަންކަން ދިޔަ ގޮތުން އޭނާ އަށް ވުރެން ބޮޑަށް މާޔޫސްވެފައި ހުރި އެކަކު ވެސް ނުހުންނާނެ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ޓީމަށް ކުރި އިތުބާރާއި ދިން ސަޕޯޓަށް ކޫމަން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;