ads
އެމިރޭޓްސްގެ ބޯޓެއް
ހަތަރު މަސް ފަހުން އެމިރޭޓްސް އިން މާލެ-ކޮލަމްބޯ ދަތުރުތައް އަލުން ފަށައިފި
ހަތަރު މަސްދުވަހަށްފަހު އެމިރޭޓްސްއިން ރާއްޖެއަށް ޝެޑިއުލްޑް ދަތުރުތައް އަލުން ފަށައިފި އެވެ.
Advertisement

މިދިޔަ 28 ފެބްރުއަރީގައި ފެށި ހަނގުރާމައިގެ ސަބަބުން އެމިރޭޓްސް އިން ދުބާއީ-މާލެ ދަތުރުތައް ވެސް މަދުކުރި އެވެ. އެ ދަތުރުތައް ވެސް މިހާރު ވަނީ އަލުން ފަށައިފަ އެވެ.

ކޮންމެ ދުވަހަކު ޝެޑިއުލްކޮށް ބާއްވާ މި ދަތުރުތަކަކީ އެމިރޭޓްސްގެ ދުބާއީ-މާލެ ފްލައިޓް EK652 ގެ އިތުރުވުމެކެވެ. މި ފްލައިޓް މާލެއަށް ޖެއްސުމަށްފަހު ދެން ދަތުރުކުރާނީ ކޮލަމްބޯއަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރު EK653 ވެސް ކުރިއަށްދާނީ ކޮލަމްބޯއިން މާލެއަށް ޖެއްސުމަށްފަހު އެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޯއިން 777 މަރުކާގެ ބޯޓުތަކެވެ.

ހަތަރު މަހަށް މެދުކަނޑާލާފައި އޮތް ދަތުރުތައް އަލުން ފެށިއިރު ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތް އެމިރޭޓްސްގެ އިތުރު ރޫޓްތަކުގެ ދަތުރުތައް ވެސް އަލުން އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.

އެމިރޭޓްސް އިން މާލެ-ކޮލަމްބޯ އަދި ކޮލަމްބޯ-މާލެ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށިއިރު، މިއީ ރާއްޖެ އަދި ލަންކާގެ އިގްތިސޯދަށް ވެސް މުހިއްމު ދަތުރުތަކެކެވެ.

އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ކަނެކްޓިވިޓީ އިތުރަށް ފުޅާވެގެންދާނެ އެވެ. 

އަދި މި ދަތުރުތައް އަލުން ފެށުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;