ads
އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރައިގެ އެތެރެ: އެތަނުގައި ކުރިން ހިންގީ އެސްޓީއޯގެ ސްމާޓު ސްޓޯރު - ފޮޓޯ/ އެސްޓީއޯ
އެސްޓީއޯ ފާމަސީތައް ސްޓޭޓް ފާމާއަށް ބަދަލުކޮށް ހިދުމަތް ފަށައިފި
އެސްޓީއޯއިން ހިންގަމުންއައި ބޭސްފިހާރަތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ބޭސް ކުންފުނީގެ ދަށަށް ފާމަސީތައް ބަދަލުކުރުމަށް، އޭރު އެސްޓީއޯގެ ބޭސް ފިހާރަތައް މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް ބަންދުކުރި އެވެ. ސްޓޭޓް ފާމާ އިން ބުނީ އެ ކުންފުނީގެ ދަށަށް ފާމަސީތައް ބަދަލުކޮށް ހިދުމަތް ދޭން ފެށީ މިއަދު ކަމަށެވެ.

އެ ކުންފުނިން މިއަދު ބުނީ، މަގުސަދަކީ މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

ދައުލަތުގެ ބޭސް ކުންފުނިން ދަނީ މިހާރުވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ހާއްސަ ހޮޓްލައިން ނަންބަރު 1050 ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި ނުލިބޭ ބޭސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްއިން ބުންޏެވެ.

ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ހަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ އެވެ. 

ސަރުކާރުން ބުނަނީ ސްޓޭޓް ފާމަސޫޓިކަލް ހިދުމަތް ފުޅާވެގެން އަންނައިރު "ބޭސް ނުލިބުމުގެ ޝަކުވާ" އަށް ހައްލެއް ލިބޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;