ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ ފިލްމީ ދާއިރާއަކީ ވަރަށް ފުންނާބު އުސް އަދި ތަޖުރިބާކާރު ބަޔަކު މަސައްކަތް ކުރަމުންދާ ދާއިރާއެއް ކަމަށެވެ.
މި ދާއިރާ ކުރިއެރުވުމަށް އެ މީހުން ކުރަމުންދާ މަސައްކަތްތަކަށް ހައްގުވާ އެވޯޑް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.
އެންމެ ފަހުން ފިލްމު ފެއާ އެވޯޑް ބާއްވާފައިވަނީ 2019 ވަނަ އަހަރުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގުވަޒަން ނުކުރެވި ވަރަށް ގިނަ ދުވަސްވެފައިވާކަމަށެވެ.
އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކީ ރަވީ ފާރޫގް ޑައިރެކްޓްކުރި "ވިޝްކާ" އެވެ.
އެންސީއޭ އިންތިޒާމުކޮށްގެން ބާއްވަމުން އައި ފިލްމު އެވޯޑްސް އެންމެ ފުރަތަމަ ބާއްވަމުން އައީ ގައުމީ ފިލްމު އެވޯޑްސްގެ ނަމުގަ އެވެ. ނަމަވެސް ފަހުން އެވޯޑްގެ ނަން ދިވެހި ފިލްމު އެވޯޑްސް އަށް ވަނީ ބަދަލުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;