މިއަދު މަޖލީހުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅު އެމްޑީޕީއާ ވެރިކަން ހަވާލުކުރި ދެ ފަހަރުވެސް އެޕާޓީން މުޅި ދައުލަތް ލޫޓުވާލާ "ދިރުވާލީ" ކަމަށެވެ. އަދި ޕީއެންސީއަށް ޖެހުނީ ވެރިކަމަށް އައިސް ކޮންމެ ފަހަރަކުވެސް ގައުމުގެ ހާލަތު ރަނގަޅުކުރުންކަމަށެވެ.
ޝުޖާއު ވިދާޅުވީ ޕީއެންސީ ވެރިކަމުގައި އޮތުމުން ކަންބޮޑުވާ ދިވެހި ރައްޔިތެއް ނެތްކަމަށެވެ. އެގޮތުން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ލިބި ރޯދަމަހު އިނާޔަތްތައް ލިބި ޑޮލަރު ލިބޭތީ ހުރިހާ ރައްޔިތުން ތިބީ ހެޕީކޮށްކަމަށެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުން ބަލިވުމުންނާއި ބޭހަށް ދަތުރުކުރާ މީހުންނަށާއި ބޭރުގައި ތިބި ކިޔަވާ ކުދިންނަށް މި ސަރުކާރު އައުމުން ބަރާބަރަށް ޑޮލަރު ލިބެމުން އަންނަކަމަށެވެ. ދެން އިތުރަށް ޑޮލަރު ބޭނުންވާނީ ކޮންކަމަތޯވެސް ޝުޖާއި ވަނީ ސުވާލު އުފައްދަވާފައެވ
ޝުޖާއު މިހެން ވިދާޅުވިއރު ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރުމަށް ބޭންކަށް ޑޮލަރު އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު އިއްޔެ ވަނީ ބީއެމްއެލްއިން ހުޅުވާލާފައެވެ. އަދި ބޭރުގެ ސައިޓްތަކުން ކުރާ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ލިމިޓްތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;