އެންސްޕާއިން ބުނީ އެ ކޯލް ސެންޓަރުގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެކަމަށެވެ.
މި ސެންޓަރު ހުޅުވުމާއި އެކު އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތުގެ ގަޑިތައް އިތުރުކުރެވިފައިވާކަމަށް އެ އެޖެންސީން ބުނެއެވެ. އެގޮތުން ކުރިން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ދެމުން ގެންދިޔަ ހިދުމަތް މިއަދުން ފެށިގެން ފެށިގެން ހަފްތާގެ 6 ދުވަހު ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ލިބޭނެކަަމަށް އެންސްޕާއިން ބުނެއެވެ.
މި ގެނެވުނު ބަދަލަކީ އެންސްޕާގެ ހިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ހިދުމަތްތަކުގެ މަޢުލޫމާތާއި، އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެންސްޕާއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;