ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އިރްފާން ހާން--
އިންޑިއާގެ އަވަށަކަށް އިރުފާން ހާނުގެ ނަން ދީފި
ބޮލީވުޑުގެ ކުޅަދާނަ ތަރި އިރުފާނު ހާނުގެ ނަން، އިންޑިއާގެ މަހަރަޝްތްރާގެ އިގަތުޕޫރީގެ ސަރަހައްދަކަށް ދީފި އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިރުފާނުގެ ފާމްހައުސް ހުންނަ އެ ސަރަހައްދަށް ވަނީ "ހީރޯ ޗީ ވަދީ" ނުވަތަ ހީރޯގެ އަވަށުގެ ގޮތުގައި ސިފަކޮށްފަ އެވެ. 

އިންޑިއާ ޓުޑޭގައި ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ތިބީ އެމީހުންނަށްޓަކައި އިރުފާންކޮށްދިން މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވެފައި ކަމަށެވެ. އެގޮތުން އިރްފާން ވަނީ އެ ސަރަހައްދަށް އެމްބިއުލާންސްއަކާއި ކޮމްޕިއުޓަރުތަކެއް އަދި ފޮތާއި ވިއްސާރަ ކޯޓު ފަދަ ތަކެތި ވެސް ހަދިޔާކޮށްފައި ކަމަށްވެ އެވެ.

އޭގެ އިތުރުން ވެސް ވަރަށް ގިނަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު މީހަކު އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިރުފާން ނޫނެކޭ ނުބުނާ ކަމަށް އިންޑިއާ ޓުޑޭއާ ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ.

"މަދުން ނޫނީ ނުފެންނަ" ކެންސަރު ބައްޔެއްގެ ޝިކާރައަށްވިކަން އިރްފާން ހާމަކުރީ 2018 ވަނަ އަހަރު އެވެ. ދެ އަހަރު ދުވަހު ކެންސަރަށް ފަރުވާ ކުރުމުގައި އުޅުނުއިރު އޭނާ ވަނީ އެމުއްދަތުގައި ފިލްމީ ދާއިރާއާ ވެސް ދުރަށް ޖެހިލާފަ އެވެ.

އިރްފާން މަރުވެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ހުންނަ ކޮކިލާބޭން ދިރުބާއީ އަމްބާނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. 

ދެ އަހަރު ދުވަހަށް ފިލްމީ ދާއިރާއާ ދުރަށް ޖެހިލިއިރު އޭނާ އެނބުރި އައިސް ސަޕޯޓަރުންނާއި ބައްދަލުކުރިތާ އަދި މާ ދުވަހެއް ނުވެ އެވެ. މިދިޔަ މާޗު މަހުގެ 20 ގައި ނެރުނު ފިލްމު "އަނގްރޭސީ މީޑިއަމް" އިން އުމުރުން 53 އަހަރުގެ އިރްފާން އެންމެ ފަހުން ފެނިގެންދިޔައިރު އެ ފިލްމަކީ ކާމިޔާބު ފިލްމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް