ads
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހާސިލްކުރެއްވި ޝަކޫރަށް، ރައީސް ޑރ. މުއިއްޒު މިރޭ އެވޯޑު ހަވާލުކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
އިންޖިނިއާސް އެވޯޑްސް: ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ތިން ބޭފުޅަކަށް
އިންޖިނިއާސް އެވޯޑްސް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑްސް ތިން ބޭފުޅަކަށް އަރުވައިފި އެވެ.
Advertisement

މިރޭ އޮތް އިންޖިނިއަރސް އެވޯޑްސް ހަފްލާގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުހައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ހިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަހުމަދު މަހުރީންއަށެވެ.

އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

  • އަބްދުއްޝަކޫރު ސޯލިހު: ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަމާއި ދައުލަތުގެ ގިނަ މަގާމުތައް ފުރުއްވި ސޯލިހު ވަނީ ރާއްޖޭގައި ކަރަންޓު އުފެއްދުމާއި ފޯރުކޮށްދިނުމާއި އެ ދާއިރާގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އަދި އެ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައި.
  • މަރުހޫމް އަހުމަދު މަހުރީން: އިންޖީނިއަރިން އަދި އޭވިއޭޝަން އިންފްރާސްޓްރަކްޗާ ދާއިރާއަށް 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި. އޭނާ ވަނީ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި ގައުމުގެ އެކި ކަންކޮޅުތަކުގައި ހިންގި އުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި.
  • މަރުހޫމް މުހައްމަދު ރަޝީދު: އެޕްރެންޓިސްޝިޕެއްގެ ގޮތުގައި ސްޓެލްކޯއަށް ގުޅިވަޑައިގެންނެވި ރަޝީދު ވަނީ އެ ކުންފުނީގެ ޗެއާމަންކަމުގެ މަގާމު ފުރުއްވާފައި. އޭނާ ވަނީ ރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައި.

އިންޖިނޭރުންގެ އެވޯޑު ލިބުނު ފަރާތްތައް:

• އިންޖިނިއަރ އޮފް ދަ އިޔަރ: ޑރ. ފުރުގާން އިބްރާހިމް
• ޔަންގް އިންޖިނިއަރ: މުޙައްމަދު ޒިދާން ހަސަން
• ވިމެން އިން އިންޖިނިއަރިންގ: އަސްރާރު
• އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު: ޑރ. ފުރުޤާން އިބްރާހިމް
• ސަސްޓެއިނަބިލިޓީ ޗެމްޕިއަން: އެމްޑަބްލިޔުއެސްސީ
• އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފަރމް އޮފް ދަ އިޔަރ
• ސްޓޫޑަންޓް އިނޮވޭޓަރ: ހުސައިން ޖައުޝަން
• ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު: އެމްޑަބްލިޔުއެސްސީ

އިންޖިނިއާސް އެވޯޑު ދިނުމާ ގުޅޭ އުސޫލުގައިވާ ގޮތުން، އެވޯޑަށް ހުށަހަޅާއިރު ހުންނަން ޖެހޭ އާންމު ބައެއް ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، އިންޖިނިއަރިން ދާއިރާއަށް ފާހަގަކޮށްލެވޭ ހިދުމަތެއް ކޮށްފައިވުން ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;