އީސީން މިއަދު ބުނީ ރައީސް މުއިއްޒު، އެ ކޮމިޝަނުގެ ރައީސް ކަމަށް ޝަކީލު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.
އީސީގެ މެންބަރުކަމަށް އޭނަ އައްޔަންކުރީ މި މަހުގެ 24 ގަ އެވެ. އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމާ ހަމައަށް ޝަކީލް ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި އޭނާއަކީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ހުންނެވީ ވެސް އޭނާ އެވެ.
ޝަކީލް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިނަކުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަަހުގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން 03 ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައި ވެއެވެ.
އީސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;