ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި މާކެޓުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިވެރިންނަށާއި ކުދި ވިޔަފާރިތަކަށް ޤަވާއިދުން ކަސްޓަމަރުންނާ ބައްދަލުވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި މަހުގެ މާކެޓު ފަށާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މާކެޓު ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށްކަމަށް ބީސީސީއިން ބުނެ އެވެ.
މި މާކެޓުގައި ރާއްޖޭގައި އުފައްދާ ތަފާތު ބާވަތްތަކާއި، ކާބޯތަކެއްޗާއި، އަތްތެރި މަސައްކަތްތަކުގެ އިތުރުން ހަނދާނީ ހަދިޔާ ފަދަ އުފެއްދުންތެރި ގިނަ ތަކެތި ލިބެން ހުންނާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;