ads
ޖިންސީ ގޯނާ އާއި ދެކޮޅަށް ބޭއްވި އެއްވުން -- ދުވަސް ފޮޓޯ: ޒިދާން މުހައްމަދު
ކުޑަކުއްޖަކާ ބެހުނު މައްސަލަ އަލުން ބަލަން އަންގައިފި
މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކާ ބެހުނު މީހެއްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މެދުރާއްޖެތެރޭގެ ރަށެއްގައި ހިނގި މިހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ ކުރީ ދެބައި އުމުރުން މަތީގެ ދިވެހި ފިރިހެނަކާ ދެކޮޅަށެވެ. އެކަމަކު، ހާދިސާ ހިނގި ރަށުގެ ކޯޓުގައި ދައުލަތުން އުފުލި އެ މައްސަލަ ސާބިތުނުވީއެވެ. 

މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ސާބިތުނުވުމުން، ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީއެވެ.

މި މައްސަލަ އަލުން ބަލަން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، މައްސަލައިގެ ހެކިތައް ވަޒަން ކުރި ގޮތް ގޯސްވުމުންނެވެ. ހައިކޯޓުންވަނީ އަލުން އެ މައްސަލަ ބަލަން އަމުރުކޮށްފައެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވައި ނުލައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;