މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާ ވެސް ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުންކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިގޮތުން މި ހިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، ފަސް ދުވަސް ތެރޭގައި ފައިނޭންސިން ލިބޭނެ ގޮތަށް މިވަނީ ބަދަލުކޮށްފަ އެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ އެވެ.
ބީއެމްއެލުން ގެނައި މި ބަދަލުތަކަކީ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މި ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މާޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން ހަ މަސް ދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައި ވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެ އެވެ.
ބީއެމްއެލް އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ހިދުމަތަށް ގެނައި ހެޔޮ ބަދަލުތައް ތައާރަފްކުރަނީ - ފޮޓޯ: ބީއެމްއެލް
މި ފައިނޭންސިން އަނބުރާ ދެއްކުމުގައި ވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިން އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފަ އެވެ.
ބީއެމްއެލްގެ އެޑްވާންސް މަރޗަންޓް ސެޓްލްމެންޓާ ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބިގެންދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;