ads
ހާމަނާއީ
ހަފުތާއަކަށް ދިގުދެމިގެންދާ އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު ހާމަނާއީގެ ޖަނާޒާ ފަށައިފި
އިޒްރޭލާއި އެމެރިކާއިން ހަަމަލާދީ އަަވަހާރަކޮށްލި، އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުން، ޖަނާޒާ ފަށައިފި އެވެ.
Advertisement

މި ޖަނާޒާ ބާއްވަން އެންމެ ފުރަތަމަ ރޭވީ މާޗް މަހު އެވެ. ނަމަވެސް، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން ޖަނާޒާ ފަސްކުރީ އެވެ.

އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން، އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ ވަނީ މާޗް މަހުގެ ކުރީކޮޅު އީރާނުގެ އާ ރޫހީ ލީޑަރުގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. މިއީ 1979 ވަނަ އަހަރު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން މި މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާ އެވެ.

ހަފުތާއަކަށް ދިގުދެމިގެންދާ ޚާމަނާއީގެ ޖަނާޒާއާ ދިމާކޮށް، ތެހެރާނުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ މަގުތަކަށް ނުކުމެ، ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. އަދި ޖަނާޒާ ކުރިއަށްދަނިކޮށް، އެއްވެސް ހަމަލާއެއް ނުދިނުމަށް އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލަށް އިންޒާރުދީފަ އެވެ.

ޚާމަނާއީ ހަށިގަނޑު އަންނަ ބުރާސްފަތި ދުވަހު އެމަނިކުފާނުގެ އުފަން ރަށް މަޝްހާދުގައި ވަޅުލުމުގެ ކުރިން، ކުރިއަށްގެންދާ ހާއްސަ ހަރަކާތްތައް މިއަދުން ފެށިގެން ތެހެރާނުގެ ގްރޭންޑް މޮސާލާގައި ކުރިއަށްދާނެއެވެ.

މި ޖަނާޒާއާ ގުޅޭ ހަރަކާތަތައް ހަތް ދުވަހަށް ކުރިއަށްދާއިރު، މިއަދު ކުރިއަށް ދަނީ ގައުމުތަކުގެ ވެރިންނަށް ހާއްސަ ރަސްމިއްޔާތެވެ. އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ގައުމުތަކުގެ ވެރިން މިހާރުވެސް ދަނީ އީރާނަށް ވަޑައިގަންނަވަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އަވަހާރަކޮށްލި ޚާމަނާއީގެ ހަށިކޮޅު މިވަގުތު ބާއްވާފައި އޮތީ އީރާނުގެ ވެރިރަށް ތެހެރާނުގަ އެވެ. ޚާމަނާއީއަށް އަލްވަދާޢު ކިޔުމަށް އެތަކެއް ހާސްބަޔަކު ވަނީ ތެހެރާނުގެ އެ ސަރަހައްދަށް ޖަމާވެފަ އެވެ.

އެއަށްފަހު ޚާމަނާއީގެ ހަށިކޮޅު އީރާނާއި އިރާގުގެ ޝިއައީންގެ މައި ސަހަރުތައް ކަމަށްވާ ގުމް، ނަޖަފް އަދި ކަރްބަލާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ރަސްމީ އިއްޒަތުގައި ޚާމަނާއީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު، ޝިއައީގެ މުގައްދަސު މަޝްހަދުގަ އެވެ.

ޖުލައި 4 އަދި 5 އަކީ ތެހެރާން ބަންދު ދުވަހެއް ކަމަށް ހަމަޖައްސާފައި ވާއިރު ޖަނާޒާ އޮންނަ ހަ ވަނަ ދުވަހު މުޅި އީރާން ބަންދުކުރަން ވަނީ ނިންމައިފަ އެވެ. 

އީރާންގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ރަސްމިއްޔާތުތަކުގައި ގާތްގަނޑަކަށް 20 މިލިއަން މީހުން ބައިވެރިވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;