ads
މަންފާ އެކަޑަމީ އިފްތިތާހުކުރުން
މަންފާ އެކަޑެމީ ލޯންޗްކޮށްފި
ކުޅިވަރުގެ ތެރެއިން އަހުލާގު ރަނގަޅު ޖީލެއް ބިނާކުރުމުގެ އަމާޒުގައި އުފެއްދި މަންފާ އެކަޑަމީ ލޯންޗްކޮށްފި އެވެ.
Advertisement

މި އެކަޑަމީ އިފްތިތާހުކޮށްދެއްވީ ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަނަލް ޑިރެކްޓަރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު އަލީ ސުޒައިންއެވެ.

މަންފާ އެކަޑަމީ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި އެއެކަޑަމީގެ ރަސްމީ ޖާޒީ ވަނީ ސުޒައިންއަށް ހަދިޔާކޮށްފަ އެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަޑަމީގެ ޗެއާމަން އަލީ ރަމީޒް ވިދާޅުވީ މަންފާ އެކަޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ، އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށްކަމަށެވެ.

އޭނަ ވިދާޅުވީ އިސްލާމީ ދައުވަތުގައި 22 އަހަރުގެ ހޭދަކުރެވުނު އިރު، ރޭ ފެށުނީ އާ ބާބެއް ކަމަށާއި މަންފާ އެކަޑެމީވެގެން ދާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށް ދިނުމުގައި މުހިންމު ބައިވެރިއަކަށް ކަމަށެވެ.

މަންފާ ޖަމިއްޔާ އިން "ބަންގި" ނަމުގައި ނަމާދު ވަގުތު އަންގައިދޭ އެޕެއް ވެސް ރޭ ވަނީ ލޯންޗު ކޮށްފަ އެވެ. މަންފާގެ "ބަންގި" އެޕްލިކޭޝަންގައި ނަމާދުގައި ކިޔާ ޒިކުރުތަކާއި ދުއާތައް އަދި ދުއާތަކާއި ޒިކުރުތަކުގެ މާނަ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ހިމަނާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;