ads
ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭން ފޮނުވާލުމުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ.
ވަކީލާ އޭނަގެ އަނބިމިހާ މަރާލި މީހާ ރާއްޖޭގާއި އުޅެނިކޮށް ހައްޔަރުކޮށްފި
އަވައްޓެރި ސްރީލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭގައި އުޅެނިކޮށް ހައްޔަރުކުރުމަށްފަހު އެ ގައުމާ ހަވާލުކޮށްފި އެވެ. 
Advertisement

ލަންކާ އެތުކަންދުރާ އަށް ނިސްބަތްވާ މި މީހާއަކީ، މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ. އަދި މި މީހަކީ ވަކީލްގެ ދެމަފިރިންނަށް ހަމަލާދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ތުހުމަތުވާ މީހާ އެވެ. 

ލަންކާ ނޫސްތައް ބުނާ ގޮތުން އުމުރުން 23 އަހަރުގެ މި މީހާ ރާއްޖޭގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހާ ރާއްޖެއިން ފޮނުވާލުމުން ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) ގެ އޮފިސަރުން ވަނީ ހުކުރު ދުވަހު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އެމީހާ ފޭބުމުން ހައްޔަރުކޮށްފަ އެވެ. 

ގާނޫނީ ވަކީލާއި އޭނާގެ އަނބިމީހާ މަރާލީ ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަމަލު ތަލަންގަމާގެ އަކުރެގޮޑާގަ އެވެ. ބަޑި ޖަހާފައި ވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ދެމަފިރިން ތިއްބަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;