ads
ރޮނގު ދެމި ގަމީސް ލައިގެން ހުރި މީހެއް
ކޮންމެ މޫސުމަކާވެސް ގުޅޭ ފެޝަނެއް: ރޮނގުދެމި ގަމީސް ސްޓައިލް ކުރާނެ ބައެއް ގޮތްތައް
މޫސުމީ ބަދަލުތަކާ އެކު ފެޝަނަށް ލޯބިކުރާ މީހުންގެ މެދުގައި އަބަދުވެސް އެންމެ މަގުބޫލު އެއް ހެދުމަކީ ރޮނގުދެމި ގަމީސް (ސްޓްރައިޕްޑް ޝާޓް) އެވެ.
Advertisement

ހާއްސަކޮށް ހޫނު މޫސުމުގެ ދުވަސްތަކަށް މި ހެދުމަކީ ވަރަށް ބޭނުންތެރި އަދި ތަފާތު ގޮތްގޮތަށް ސްޓައިލް ކުރެވިދާނެ އެއްޗެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ އަލަމާރީގައި ހުރި ބާ ގަމީސްތައް ބޭނުންކޮށްގެން ނުވަތަ ތްރިފްޓް ފިހާރަތަކުން ހެޔޮ އަގުގައި ގަމީސް ހޯދައިގެން، ބަދަލުވަމުންދާ ޓްރެންޑްތަކާ އެއްގޮތަށް އާ ފެޝަންތައް އުފެއްދުމުގެ ފުރުސަތު ދިނުމެވެ.

މި ގަމީސް ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން ސްޓައިލް ކުރެވިދާނެ ގިނަ ގޮތްތަކެއް ފެޝަން މާހިރުން ވަނީ ދައްކާލާފަ އެވެ. އެގޮތުން އާންމުކޮށް ބޭރުގައި އުޅޭއިރު ލާނެ ކެޝުއަލް ލުކްއެއް ހޯދުމަށްޓަކައި ސޯޓަކާ އެކު ނުވަތަ ޖީންސް މަތިން ގަމީހުގެ ގޮއްތައް ނާޅުވައި ހުޅުވާލައިގެން ބޭނުންކުރެވިދާނެ އެވެ. އަދި ޗުއްޓީ ދުވަސްވަރެއްގައި ނުވަތަ ރަސްމީ ހަފްލާއަކަށް ދާއިރު ސިލްކް ނުވަތަ ސެޓިން ބޭނުންކޮށްގެން ހަދާފައިވާ ހެދުންތަކާ އެކު މި ގަމީސް ބޭނުންކުރުމުން ވަރަށް ރީތި އަދި އެލެގަންޓް ގޮތެއް ދައްކުވައިދެއެވެ. މީގެ އިތުރުން ސިޓީގެ މާހައުލާ ގުޅޭގޮތަށް މިނީ ސްކާޓަކާއި ލޯފާސް ފައިވާނާ އެކުވެސް މިއީ ވަރަށް ގުޅޭ ފެޝަނެކެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުންވެސް 2026 ގެ ސްޕްރިންގް އަދި ސަމާ ކަލެކްޝަންތަކުގައި މި ފެޝަން ވަނީ ވަރަށް ބޮޑަށް ބޭނުންކޮށްފަ އެވެ. އެގޮތުން ޝެނެލް ބްރޭންޑުން ރޮނގުދެމި ކުރު ގަމީހެއް ރަތްކުލައިގެ ސްކާޓަކާ އެކު ދައްކާލާފައިވާއިރު، ބޮޓޭގާ ވެނެޓާ އިން ވަނީ ކޮޓަން ގަމީހެއް ލެދާ ސްކާޓަކާ އެކު ރަންވޭގައި ބޭނުންކޮށްފަ އެވެ. އައިސަބެލް މަރާންޓް ފަދަ ބްރޭންޑްތަކުންވެސް މި ގަމީސް ބިކިނީ މަތިން ބޭނުންކޮށްގެން ބީޗް ފެޝަނެއްގެ ގޮތުގައި ވަނީ ތައާރަފްކޮށްފައެވެ. އެހެންކަމުން، މިއީ އާ ފެޝަންތަކުގެ ފަހަތުން ދިއުމުގެ ބަދަލުގައި، އަބަދުވެސް ބޭނުންކުރެވޭނެ އަގުހުރި ފެޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;