މި ފޭކް ބޭސް ފެނިފައިވަނީ ރާއްޖެ އާއި މެކްސިކޯއިންނެވެ.
ޑަބްލިޔުއެޗްއޯއިން ބުނީ އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ބުނީ އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމެވެ. އަދި އެއީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.
ޑަބްލިއުއެޗްއޯއިން އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތަކެއް ދެނެގަނެފަ އެވެ. އަދި އެ ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ގޮތުގައި MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫނެވެ.
އެހެންކަމުން "ޑާޒަލެކްސް" ބޭހުގެ އެ ނަމްބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އަންގާފައެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އެ ބެޗްތަކުގެ ތެރެއިން ބައެއް ފުޅިތަކުގެ އެތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ އިތުރު މާއްދާތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;