ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މޭ މަހުގެ 15ވަނަ ދުވަހުގެރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުންގެ މަންދޫބުންގެ ބައްދަލުވުންތަކެއްވެސް ކުރިއަށްގެންދިޔަ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް މާބާރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
އެ މަސައްކަތް އެއްކޮށް ހުއްޓުނީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވީ އިއްތިހާދެއްގެ މަސައްކަތް ކުރުމަކީ އޮނިގަނޑަކުން ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު ތިން ފަރުދަކު ކަންބޮޑުވާ ކަންތައްތަކެއް ހުރެދާނެ ކަމަށާއި އަދި އެކަމުގައި އެކުގައި މަސައްކަތް ކުރުމަކީ ވިސްނިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;