ads
ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު
ހުޅުމާލެއިން ދޫކުރި ގޯތިތައް ވިޔަފާރިއަށް ބޭނުން ކުރެވޭ ގޮތް ހަދަނީ
މާލޭ ރައްޔިތުންނަށް ހުޅުމާލޭގެ ފޭސް 2 އަދި ހުޅުމާލެ ފޭސް 3 އިން ދޫކޮށްފައިވާ ގޯތިތަކަކީ ދިރިއުޅުމުގެ ބޭނުމަށް އެކަނި ބޭނުން ކުރެވޭ ތަނެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވިޔަފާރިއަށް ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއްތަލިބު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ތިބި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެކަށީގެންވާ ބިންތަކެއް ނެތުމާއެކު، އެ ތަނުން ބޯހިޔާވެހިކަމަށް ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ބިންތައް ވިޔަފާރިކުރެވޭނެ ގޮތް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދައި، މިތަނުގައި އުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ މަގުވެސް ތަނަވަސްކޮށްދޭން. މިވަގުތު އެ ބިންތަކަކީ ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި ބިންތަކެއް. ހަމައެކަނި ދިރިއުޅުމަށްޓަކައި ވަކި ގޮތަކަށް ތަރައްގީ ކުރުމުގެ ހުއްދަ މިދެވެނީ،" މުއްތަލިބު ވިދާޅުވި އެވެ.

މިިނިސްޓަރު ވިދާޅުވީ އެޗްޑީސީގެ ބިންތަކުން އެކަނި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާއި ވިޔަފާރިކުރެވޭނެ ގޮތްތައް ހަމަޖެހެން ނެތް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ ފޭސް ދޭކުންނާއި ފޭސް ތިނަކުން މާލޭ މީހުންނަށް ދޫކޮށްފައިވާ 2،000އަށް ވުރެ ގިނަ ގޯތިން ވެސް އެ ކަމަށް ބިން ހަމަޖެހެން ޖެހޭ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

އޭގެ އިތުރުން ހުޅުމާލޭގެ އެ ފޭސްގައި ވެސް އިތުރު ވިޔަފާރީގެ ހަރަކާތްތައް އުފެދި، ވަޒީފާގެ ފުރުސަތުތަކާއި ރައްޔިތުން ބޭނުންވާ އިތުރު ހިދުމަތްތައް ވެސް ގާއިމުކުރެވިގެން ގޮސް އެ ސަރަހައްދުގެ އިގުތިސޯދު ފުޅާވެގެންދާނެ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ބިންވެރިޔާގެ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 އާއި 3 އަދި ގުޅީފަޅާއި ގިރާވަރު ފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވަނީ ހަމައެކަނި ދިރިއުޅުމުގެ ބޭނުމަށެވެ. އަދި ވިޔަފާރި އުސޫލުން އެ ބިންތައް ބޭނުން ނުކުރެވޭނެ ކަމަށް ޝަރުތުކޮށްފައި ވެސް އޮތެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;