އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 22:49 ހާއިރުކަމަށެވެ. އެއާއި އެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އަލިފާން ނިންވާލެވުނީ އޭގެ ގަޑިއރެއްހާއިރު ފަހުން 23:48 ހާއިރުކަމަށެވެ.
އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައި.ޖީ.އެމް.އެޗް އިން 25 މީހަކަށް އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާ ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.
ރޭގައި އަލިފާނުގެ ހާދިސާ ހިނގި ގ.ފުންފަޅުގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް
އަލިފާން ރޯވި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓަށާއި، ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބޭ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެން.ޑީ.އެމް.އޭ ގެ ފަރާތުން އިންސާނީ އެހީތެރިކަމާއި، ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
މި ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށް ވުރެ ގިނަ މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;