ads
އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުالله
ޓެކްސް ކޮމިޝަނަރުކަމަށް އައްޔަންކުރަން ރައީސް އިސްކުރެއްވީ ވިލާގެ ފައިނޭންސް ހެޑް ހަލީމް
ހުސްވެފައިވާ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމދު މުއިއްޒު ރައްޔިތުން މަޖލިހަށް ފޮނުވި ލިސްޓުގެ އެންމެ ކުރީގައި ރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް އަބްދުالله ގެ ނަން ހިމަނައިފިއެވެ.
Advertisement

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން ޒަރީރު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.  

ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން މަޖިލިހަށް މުހައްމަދު ހަލީމް އަބްދުﷲ ގެ އިތުރުން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި މިވަގުތު ހުންނެވި ފާތިމަތު އަމީޒާގެ ނަންވެސް ރައިސް މުއިއްޒު ވަނީ މަޖިލިހަށް ފޮނުއްވާފައެވެ. ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވާފައެވެ. 

your imageޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ

ހަލީމަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ އެއާ ކުންފުނީގެ ހެޑް އޮފް ފައިނޭންސެވެ. އޭނާ ވަނީ މާލީ ދާއިރާއަށް 17 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ.

އަމީޒާ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 2024ގައެވެ. 2010 ވަނަ އަހަރު އުފެއްދި މީރާ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ ވަނީ އެސިސްޓަންޓް ޓެކްސް ކޮމިޝަނަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;