އުމުރުން ތިރީސް އަށް އަހަރުގެ ފޯވާޑް ޒްލަޓާން އެނބުރި އިޓަލީއަށް ދިޔައީ ހޯމަ ދުވަހުއެވެ. އެއާއި އެކު އޭނާވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސާދަ ދުވަހުގެ މުއްދަތަށް ކަރަންޓީނުކޮށްފައެވެ. ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ޓީމުގެ ފަރިތަކުރުންތަކާއި ގުޅުމުގެ ކުރިން ޒްލަޓާންވެސް ކޮވިޑަށް ޓެސްޓްކުރާނެއެވެ. ޒްލަޓާންވަނީ އުފަން ގައުމުގައި ހުރި މުއްދަތުގެ ތެރޭގައި ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން އެ ގައުމުގެ ކްލަބަކާއި އެކު ބައެއް ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
އިޓަލީގެ ގިނަ ކްލަބުތަކުން މިހާރުވަނީ އަލުން ޕްރެކްޓިސްތައް ފަށާފައެވެ. ޕްރެކްޓިސްތައް އަލުން ފެށި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއްވެސް ކްލަބުތަކުންވަނީ އަޅާފައެވެ.