ads
އުރީދޫ ބިޒްނަސް އަދި މީޑިއަމް އިވެންޓްސްގެ އޮފިޝަލުން - ފޮޓޯ/އުރީދޫ
ކޮންސްޓަރަކްޝަން ފޯރަމްގެ ޕާޓްނަރަކަށް އުރީދޫ
އަންނަ މަހު ބާއްބާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ ބިޒްނަސް ހަމަޖައްސައިފި އެވެ.
Advertisement

އަންނަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ "ގްރޭންޑް ޕާކްސައިޑް ބައި ވަން ސެންޓްރަލް ޕާކް"ގައި މި ފޯރަމް ބާއްވަނީ މީޑިއަމް އިވެންޓްސް އިން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން އެންޑޯސްކޮށްގެންނެވެ.

މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި މި ދާއިރާގެ އިސްވެރިންނާއި އިމާރާތްކުރުމުގެ ދާއިރާގެ ހިއްސާދާރުން އެއްތަނަކުން ބައްދަލުވެ، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި މި ދާއިރާ މިސްރާބުކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރާނެ އެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގައި ވާހަކަދައްކަވާނެ ޕެނަލިސްޓުންނާއި މި ހަރަކާތާ ގުޅޭ އިތުރު ތަފްސީލުތައް އެ ފޯރަމްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރާނެ އެވެ. މި ފޯރަމްގެ ޓިކެޓް ލިބޭނީ ވަކި އަދަދެއްގެ މަދު ބަޔަކަށެވެ.

އުރީދޫ ބިޒްނަސްއާ އެކު ވީ ބައިވެރިވުމުގެ ބޭނުމަކީ، މީޑިއަމް އިވެންޓްސް އިން ބުނި ގޮތުގައި، އިމާރާތްކުރުމުގެ ދާއިރާގައި ސްމާޓް ޓެކްނޮލޮޖީ ނުވަތަ ޒަމާނީ ފަންނީ ވަސީލަތްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވުމެވެ.

އުރީދޫ ބިޒްނަސްއަކީ ވިޔަފާރިތަކަށް ބޭނުންވާ އެންޓަޕްރައިޒް ކަނެކްޓިވިޓީ، ސްމާޓް އިންފްރާސްޓްރަކްޗާ، އިންޓަނެޓް އޮފް ތިންގްސް އަދި މުވާސަލާތީ އެކި ހިދުމަތްތައް ފޯރުކޮށްދޭ ބައެކެވެ.

އުރީދޫން އިތުރަށް ބުނީ ސްމާޓް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުރީދޫން މަގުފަހިކޮށް ދޭނެ ކަމަށާއި މިއީ ޒަމާނީ ވަސީލަތްތަކާ އެކު ދިވެހި އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ގުޅުވާލައި، ކުރިއެރުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.

ފޯރަމަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް މިހާރު އަންނަނީ ޓިކެޓް ވިއްކަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;