ads
އަންޝުލާ އާއި ރޯހަން
އަންޝުލާ އާއި ރޯހަންގެ ކައިވެނީގެ ހާއްސަ ހަފްލާ މުމްބާއީގައި
ބޮލީވުޑްގެ މަޝްހޫރު އާއިލާއަށް ނިސްބަތްވާ އަންޝުލާ ކަޕޫރު، އޭނާގެ ބޯއިފްރެންޑް ރޯހަން ތައްކަރްއާ ކައިވެނިކުރުމުގެ ހާއްސަ ހަފްލާތައް މުމްބާއީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
Advertisement

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މި ދެމީހުންގެ ކައިވެނީގެ މައިގަނޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ މަޝްހޫރު ހޮޓާ "ތާޖް ލޭންޑްސް އެންޑް" ގައި ހަމައެކަނި އާއިލާގެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ކައިވެނީގެ މައިގަނޑު ހަފްލާގެ އިތުރުން، ކޮކްޓެއިލް ޕާޓީއަކާއި ސަގާފީ އެކި ހަފްލާތައް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. އެގޮތުން ކައިވެނީގެ ކުރިން ބާއްވާ މެހެންދީ ހަފްލާ އާއި ސަގާފީ "ޗޫޅާ" އަދި "ކަލީރާ" ރަސްމިއްޔާތުތައް މިހާރު ފެށިގެން ކުރިއަށްދާއިރު، ސޯޝަލް މީޑިއާގައި މި ހަފްލާތަކުގެ ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.

މި އުފާވެރި ހަފްލާތަކުގައި އަންޝުލާގެ އާއިލާގެ މެންބަރުންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި އަންޝުލާގެ ބޭބެ އަދި އެކްޓަރު އަރުޖުން ކަޕޫރުގެ އިތުރުން، މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު ފަދަ އާއިލީ ތަރިން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;