ރަންވީރުގެ އުފަންދުވަހާ ދިމާކޮށް އަރުޖުން އިންސްޓަގްރާމްގައި ހިއްސާކުރި މި ވީޑިއޯއަކީ މި ދެ ތަރިން އެކުގައި ފެނިގެންދާ ފިލްމު "ދުރަންދަރު" ގެ މަންޒަރުތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ހާއްސަ ވީޑިއޯއެކެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަރުޖުން ރާމްޕާލް ވަނީ ރަންވީރު ސިންގްއަށް އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުވައި، އޭނާއަކީ ވަރަށް ހަކަތަ ފުރިހަމަ އަދި ހުނަރުވެރި ތަރިއެއްކަން ފާހަގަކޮށްފަ އެވެ. "ދުރަންދަރު" ފިލްމުގެ ސެޓުން ނަގާފައިވާ މި ކުރު ވީޑިއޯއިން ދެ ތަރިންގެ މެދުގައި އޮތް ގާތް ގުޅުން ފެނިގެންދާއިރު، މިއީ ފިލްމަށް އިންތިޒާރުކުރާ ފޭނުންނަށް ލިބުނު އިތުރު ސަޕްރައިޒެކެވެ.
މި ހާއްސަ ވީޑިއޯއަށް ރަންވީރު ސިންގްގެ ފޭނުންނާއި ބޮލީވުޑްގެ އެހެން ތަރިންގެ ސަމާލުކަން ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ ރަންވީރުގެ އުފަންދުވަހުގެ ތަހުނިޔާ ސޯޝަލް މީޑިއާގައި ފޮނުވަމުންނެވެ. އަދި އަރުޖުން އާއި ރަންވީރު އެކުގައި ފެނިގެންދާ މި ފިލްމުގެ މަސައްކަތްތަކާ މެދު ކުރެވޭ އުންމީދުތައް ބޮޑުކަންވެސް ފޭނުން ފާހަގަކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;