ads
ދިލްޖީތު ދޯސާންޖް
ފިލްމު މަނާކުރިޔަސް ބޭނުންވި މަގްސަދު ހާސިލްވެއްޖެ: ދިލްޖީތު ދޯސާންޖް
އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސާންޖްގެ އާ ފިލްމު "ސަތުލުޖް" ރިލީޒްކުރިތާ ދެދުވަސް ތެރޭގައި އޮންލައިން ޕްލެޓްފޯމުން އުނިކޮށް، ދެއްކުން މަނާކުރި ނަމަވެސް އެ ފިލްމު އުފެއްދުމުގެ އަސްލު މަގްސަދު ހާސިލްވެއްޖެ ކަމަށް އޭނާ ބުންފި އެވެ.
Advertisement

މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް "ޒީ5" އިން މި ފިލްމު ކުއްލި ގޮތަކަށް ނަގާފައިވަނީ، އިންޑިއާއާ ދެކޮޅު ބައެއް ފަރާތްތަކުން ފިލްމުގެ ކޮންޓެންޓް ނާޖާއިޒު ގޮތެއްގައި ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތުމުންނެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަމުން ދިލްޖީތު ބުނީ ފިލްމު ދެއްކުން ހުއްޓުވި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޖަސްވަންތު ސިންގް ހަލްރާގެ ހަޔާތާ ބެހޭ ގޮތުން މީހުންގެ މެދުގައި ބަހުސްތަކެއް އުފެދި، އެ ވާހަކަތައް ދެކެވެން ފެށުމަކީ ފިލްމުން ހާސިލްކުރަން ބޭނުންވި އެންމެ މުހިންމު ކަންތަކެވެ. އެހެންކަމުން ފިލްމު ބެލުންތެރިންނާ ހަމައަށް ނުފެނުނަސް، ބޭނުންވި މަގްސަދު މިހާރު ފުރިހަމަވެފައިވާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ސަތުލުޖް" އަކީ ރިލީޒްކުރުމުގެ ކުރިންވެސް ގިނަ ބައެއްގެ ސަމާލުކަން ލިބި، އިންޑިއާގެ ސެންސަރު ބޯޑުންވެސް ބައެއް މަންޒަރުތައް އުނިކުރަން އެންގި ފިލްމެކެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ފިލްމު ދެއްކުން ހުއްޓުވުމާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަރާތްތަކާއި ފޭނުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;