ads
އަލިފާނުގެ ހާދިސާ ހިނގި ގ.ފުންފަޅުގެ 4 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް
ފުންފަޅު ގޭގައި ރޯވުން: 93 މީހަކަށް 95 ހާސް ހަރަދުވި
މިދިޔަ އަދިއްތަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި އުޅުނު 93 މީހަކު ވަގުތީ ހިޔަތަކަށް ބަދަލުކޮށް ހަރަދުތައް ހަމަޖައްސާދިންކަމަށް އެންޑީއެމްއޭއިން ބުނެފިއެވެ.
Advertisement

އެ އޮތޯރިޓީން ބުނީ  ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެގޭގެ  22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައިވާކަމަށެވެ. 

މީގެ އިތުރުން، އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް  (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. 

ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000 ރުފިޔާ ވަނީ ހަރަދުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.  އަދި މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަންނަކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;