ރިޗް ރޯލްއާ އެކު ބޭއްވި ހާއްސަ މަޝްވަރާއެއްގައި އޭނާ ވަނީ، އިންސާނާއަށް ލިބިފައިވާ ސިކުނޑިއަކީ އެއަށް ދިމާވާ މައްސަލަތަކުން ސަލާމަތްކޮށް، އަލުން ރަނގަޅު ކުރެވިދާނެ ގުނަވަނެއްކަން ސައިންސުން ސާބިތުވާ ކަމަށް ހާމަކުރައްވާފަ އެވެ.
ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ލޭ ދައުރުވުން ރަނގަޅު ކުރުމާއި، ހަށިގަނޑުގައި އުފެދޭ ދުޅަވުންތަކުން ސަލާމަތްވުމާއި، ވިހަ މާއްދާތަކުން ދުރުހެލިވުމުގެ އިތުރުން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން މުހިންމެވެ.
ހާއްސަކޮށް ބަރުދަން އިތުރުވުމަކީ ސިކުނޑީގެ ކުރީކޮޅުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ލޭ ދައުރުވުން ދަށްކުރުވާ ކަމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ދުވަހުގެ ކަންކަމާ މެދު ފުންކޮށް ވިސްނައި، ނޭދެވޭ ހިޔާލުތަކާ ސުވާލު އުފެއްދުމަކީ ސިކުނޑީގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
ޑރ. އޭމަން އިތުރަށް ވިދާޅުވީ، ދަރިން ބޮޑެތި ކުރުމުގައިވެސް މައިންބަފައިން ހުރިހާ ކަމެއް "ރަނގަޅު ކޮށްދޭން" އުޅުމުގެ ބަދަލުގައި، ލޯތްބާއި ބުއްދީގެ ބޭނުންކޮށްގެން ކުދިން އަމިއްލައަށް މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަކީ ނަފްސާނީ ގޮތުން ވަރުގަދަ ކުދިންތަކެއް ބިނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން، އޭޑީއެޗްޑީ ފަދަ ހާލަތްތަކަކީ ހަމައެކަނި އަހުލާގީ މައްސަލަތަކެއް ނޫން ކަމަށާއި، އެއީ ސިކުނޑީގެ އޮނިގަނޑާ ގުޅިފައިވާ ކަންކަން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;