މިއަދު ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ޝަރަފުއްދީން ސްކޫލުގައި އޭސީ ހަރުކުރުގެ މަސައްކަތާއި ގުޅޭގޮތުން، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝަފީއު ވިދާޅުވީ، އެ މަޝްރޫޢުއަކީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ފަށާފައިވާ މަޝްރޫއުއެއްކަމަށެވެ.
ޖުމްލަ 217 ސްކޫލެއްގައި ކުރިއަށްގެންދާ ކޫލްސްކޫލް ޕްރޮޖެކްޓްގެ 61 އިންސައްތަ ސްކޫލުގެ މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަސައްކަތް ނުނިމި ހުރި ސްކޫލްތަކުގެ ކަރަންޓުވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ. ޝަރަފުއްދީން ސްކޫލް ވެސް ހިމެނެނީ އޭސީ ހަރުކޮށް ނިންމާ، ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަރުހަލާގައި މަސައްކަތް އޮތް ސްކޫލްތަކުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓު ވަރަށް އަވަހަށް ނިންމަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ސްކޫލުތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް އިފްތިތާހު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;