ads
ހުޅުމާލެ ހޭޅިފަށް
ދިއްގާ އާއި ފުނަ ހިމެނޭހެން ސަތޭކައެއްހާ ގަސް ހުޅުމާލޭގެ ހޭޅިފަށުގައި އިންދައިފި
ދިއްގާ އާއި ފުނަ ހިމެނޭހެން ސަތޭކައެއްހާ ގަސް ހުޅުމާލޭ 2 ގެ ހޭޅިފަށުގައި އެޗްޑީސީން އިންދައިފި އެވެ.
Advertisement

އެޗްޑީސީގެ ޗީފް އޮޕަރޭޝަނަލް އޮފިސަރު އަހްމަދު އިބްރާހިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ 2 ގެ ބީޗް ބުލެވާޑް ހެދުމުގެ ފުރަތަމަ މަރުހަލާގެ ގޮތުން، އެ ސަރަހައްދުގެ ހޭޅިފަށުގައި މިހާރު ވާނީ ރާއްޖޭގެ މާހައުލާ ގުޅޭ އެތައް ސަތޭކަ ގަހެއް އިންދާފައި ކަމަށެވެ.

އެ ސަރަހައްދުގައި އިންދި ގަސްތަކުގެ ތެރޭގައި ދިއްގާ، ފުނަ، ކާނި، ހިރުނދު، މިދިލި އަދި ކިނބި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަހަރެމެންގެ ތިމާވެއްޓާ ނުހަނު ގުޅޭ، އަދި މުސްތަގުބަލުގައި އެ ސަރަހައްދަށް ބޭނުންތެރި ހިޔާ އަދި ފެހިކަން ގެނެސްދޭނެ ގަސްތަކެއް،" އޭނާ ވިދާޅުވި އެވެ.

އަހްމަދު ވިދާޅުވި ގޮތުގައި، މި ގަސްތަކަކީ މީގެ 13 އަހަރު ކުރިން، އެ ބިން ފުރަތަމަ ހިއްކިއިރު ވެސް އިންދަން ޖެހޭ ގަސްތަކެކެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ގިނަ ވަގުތު ހޭދަކުރަން ބޭނުންވަނީ ހުޅުމާލެ 2 ގައި ދިރިއުޅެން ފަށާ އެތައް ލައްކަ މީހުންނަށް މިފަދަ އާންމު މައިދާންތައް ތަރައްގީކުރުމަށް ކަމަށް އަހްމަދު ވިދާޅުވި އެވެ

އަހްމަދު ވިދާޅުވީ ހުޅުމާލެ 2 ގައި އުސް އިމާރާތްތައް އަޅަމުން އަންނައިރު، ފެހިކަން ފެންނަ ޕާކުތަކާއި ގޮނޑުދޮށްތައް ވާނީ ތޮއްޖެހިފައިވާ ސިޓީ ދިރިއުޅުމުގެ ނަފުސާނީ ބުރަކަމުން ދުރުވެ، ހިތްހަމަޖެހުމާ އެކު ނޭވާލައި އަރާމުކޮށް، އަދި ހަމަޖެހިލައިގެން އާއިލާ އާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށްލެވޭނެ ފަދަ މުހިންމު ތަންތަނަށް ކަމަށެވެ. 

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ޕްރޮގްރާމްގެ ދަށުން އެޗްޑީސީން އެކަނި އެއް މިލިއަން ގަސް އިންދަން ވަނީ ނިންމައިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;