ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
މާސްޓާސް ހެދި ޓީޗަރުންނަށް ކުރިއެރުން ނުދެވެނީ ކުރީގެ ސަރުކާރާ ހެދި: މިނިސްޓަރު
މާސްޓާސް ޑިގްރީ ހާސިލުކުރާ ޓީޗަރުންނަށް މަގާމުގެ ކުރިއެރުން ނުދެވެނީ ކުރީގެ ސަރުކާރުން މުސާރައިގެ އޮނިގަނޑު ހަދާފައި އޮތްގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މިނިސްޓަރު ޝަފީއު ވިދާޅުވީ މާސްޓާސް ހަދާ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ނުދެވެނީ މިދިޔަ އެމްޑީޕީ ސަރުކާރުން ޕޭ ފްރޭމްވޯކް ހަދައިފައިވާ ގޮތުންކަމަށެވެ. އެގޮތުން ޕޭ ފްރޭމްވޯކް ހަދާފައިވަނީ މާސްޓާސް ހަދާ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމުގެ ކުރިން ހަތަރު އަހަރު ދުވަސް ހޭދަކުރަން ޖެހޭގޮތަށްކަމަށެވެ. އެގޮތުން މާސްޓާސް ހެދި ޓީޗަރުން އެ ޓީޗަރުންގެ ފަންތިއަށް ބަދަލުކޮށްފިނަމަ ޑިގްރީ އޮތް ޓީޗަރަކަށް ވުރެ މުސާރަ ދަށްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އެހެންނަމަވެސް މި ސަރުކާރުން އެ ޕްރޮމޯޝަންތައް ދީފައިވާނެކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.  

"ޓްރާންސްފާކޮށްފި ކަމަށް ވަނީ ނަމަ މުދައްރިސުން، ޑިގްރީއެއް އޮވެގެން ލިބޭ މުސާރައަށް ވުރެ، ދެން މާސްޓާގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާ ގޮތަށް ޕޭ ފްރޭމްވޯކް މި އޮތީ،" މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި އެކަން މި ސަރުކާރުން ހައްލުކުރަން ބޭނުންވާކަމަށެވެ. އަދި ވަކި ބަޔަކަށް އިނގިލި ދިށްކޮށްގެން އެކަން ނުކޮށް މި ސަރުކާރުން ނުތިބޭނެކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;