ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކްކުރުމުން އެކަމު ޝަކުވާތައް ބޮޑު މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޕޭވްމަންޓްތަކުގެ ދެފަރާތުގައި ވެހިކަލް ޕާކުކޮށް ހިގާނެ ޖާގަ ނެތުމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިހާރު އެ އިދާރާއިން ފަށާފައިވާކަމަށެވެ.
ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއްކަން ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މިފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް އެންމެހައި ފަރާތްތަކަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;