ads
ސަބީހާ އަހްމަދު
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަގުތީ އެމްޑީއަކަށް ސަބީހާ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހްމަދު ހަމަޖައްސައިފި އެވެ.
Advertisement

ސަބީހާ އަހްމަދު އެ މަގާމަށް ހަމަޖައްސާފައި މިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ޝިއުރީ އެ މަގާމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމުން ނެވެ. 

ވިޒިޓް މޯލްޑިވްސް ވަގުތީ އެމްޑިގެ މަގާމަށް ހަމަޖެއްސި ސަބީހާ އަކީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އެވެ. އެ މަގާމަށް އެނާ އައްޔަންކުރީ 2023ގެ ޑިސެންބަރު ގައެވެ. 

ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަބީހާއަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ބޯޑު މެމްބަރަށްވެސް މެ އެވެ. އެ ބޯޑަށް އޭނާ އައްޔަންކުރީ 29 އޮކްޓޯބަރު 29، 2025 ގަ އެވެ.

ސަބީހާ ވަނީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;