ads
3.5 ކިލޯގެ ޑްރަގާއި އެކު ހައްޔަރުކުރި މީހާ
3 މަސްކުރިން ހައްޔަރުކޮށް ދޫކޮށްލުމުން މިފަހަރު، ހައްޔަރުކުރީ 3.5 ކިލޯގެ ޑުރަގާއެކު
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޑްރަގާއި އެކު ހައްޔަރުކުރި މީހަކު 3.5 ކިލޯގެ ޑްރަގާއިއެކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ. 

މީމީހާއަކީ މީގެ ތިން މަހެއް ހާ ދުވަސްކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އެ ފަހަރު ޑްރަގާއި އެކު މީނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ފަހުއެވެ. 

ފުލުހުން ބުނީ މި ފަހަރު މިމިހާ ހައްޔަރުކުރީ ޓެކްސީއެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުމާލެއަށް ގެންދާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ. އެގޮތުން އޭނާ ޓެކްސީން ފޭބިތަނުން ހުއްޓުވައި ބެލި ބެލުމުން، އޭނާ ގެންދިޔަ ފޮށިގަނޑުން 3.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަންވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ވަނީ ޖަހާދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;